ރަސްދޫ ޕްރައިވެޓް ބީޗްގައި ފާޚާނާ ބަރިއެއް ހަދަނީ

އއ. ރަސްދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރަސްދޫ ޕްރައިވެޓް ބީޗުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިޢުލާނުކޮށްފިއެވެ.

ރަސްދޫކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ރަސްދޫ ޕްރައިވެޓް ބީޗުގައި ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން ކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތުން ހުށައަޅާފައިވާ އަގު ބަޖެޓަށްވުރެ ބޮޑުކަމަށާއި އެހެން ކަމުން މި މަސައްކަތް ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލާކަމަށެވެ.

"ބިޑްހުށަހެޅި ފަރާތްތަކުގެ ތެރޭން އިވެލުއޭޓްކުރުމުން އެންމެ މަތިން މާކްސްލިބިފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހަޅާފައިވުމުން އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަން" އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވެއެވެ.

ބީލަންތަކުގައި ބައިވެރިވެވޭނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްކަމަށާއި ބީލަމުގައި ބައިވެރިވުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 17 އިން 2020 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުގައި ރަޖިސްޓްރީކުރެއްވުމަށް އެކައުންސިލުން ވަނީ ދަންނަވާފައެވެ.

ރަޖިސްޓްރީވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކަށް ބިޑްހުށައެޅުމުގެ ފުރުޞަތު ނޯންނާނެކަމަށް އެކައުންސިލުން ވިދާޅުވެފައި ވާއިރު، ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމުގައި އެކައުންސިލުން ވިދާޅުވެފައިވެއެވެ.

މި މަސައްކަތުގެ ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރުމަށް ހަމަޖެހިފައިވަނީ 56 ރުފިޔާއަށެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓީންގ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2020 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 11:00 ގައި ރަސްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 04 ވަނަ ދުވަހުގެ 11:00 ގައި އެ ކައުންސިލްގެ އިދާރާގައި ކަމަށްވެސް އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ