ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރުގެ ކުރިން ހުށައަޅާފައިވާ ހުރިހާ މައްސަލައެއް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރުވަނީ ނިންމާފައިވާ ކަމަށެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. 2008 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ކްރިމިނަލް ކޯޓަށް 10449 މައްސަލައެއް ކޯޓަށް ހުށައެޅިފައިވާ ކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް މިކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރުވަނީ ނިންމާފައެވެ.
— Criminal Court of the Maldives (@CRCMaldives) September 20, 2020
2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކްރިިމިނަލް ކޯޓަށް ހުށައެޅިފައިވަނީ 4519 މައްސަލަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެކޯޓުން 4769 މައްސަލަ އެއް އެކޯޓުން ނިންމާފައިވާ ކަމަށް އެކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކައެވެ.