ބީއެމްއެލް އިންޓަރނެޓް ބޭންކިންގެ ހިދުމަތައް މައްސަލައެއް ދިމާވެ އާންމުނަށް ދަތިތަކެއް

ބީއެމްއެލް އިންޓަރނެޓް ބޭންކިންގެ ހިދުމަތައް މައްސަލައެއް ދިމާވެ އާންމުނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވެސް އިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިން އަދި ބީއެމްއެލް މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާއި ދިމާވެދާނެ ކަމަށެވެ.

ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިލައްވާ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު ދާދިފަހުން ލިމިޓް ކުރުމާއި އެކުވެސް އާންމުންގެ ގިނަބަޔަކު ވަނީ މިކަމާއި ނުރުހުން ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ