13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެއްޖެ

13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް އޮކްޓޫބަރު 23 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން49 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކުރެވިފައި ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

ކުޑަކުދިންނަށްވާ އިހުމާލާއި އަދި ޖިންސީ ގޯނާގެ މައްސަލަތައް ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އަދި މިފަދަ މައްސަލަތައް މަދުނޫން އަދަދަކަށް ރާއްޖޭގެ އެކިއެކި ކަންކޮޅު ތަކުގައި އަންނަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން
26
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ