30 އަހަރު މަތީގެ އެންމެންނަށްވެސް މިހާރު ވެކްސިން ޖެހޭނެ

މިވަގުތުން ފަށައިގެން ކޯވިޑް-19 ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ލިބޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ  (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ، އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ދޭންފަށައިފައިވާ ކޮވިޑް-19ގެ ވެކްސިން މިހާތަނަށް 70،000 ވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ.

ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ވެކްސިން ދިން 53،669 މީހުންނާއި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން 16،340 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ