މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފުތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް އޭގެ ފަހުން ވެސް ވެކްސިންގެ ފުރަތަަމަ ޑޯޒް ދޭނެ މީހުން ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރަމުން އެޗްއީއޯސީ ވިދާޅުވީ، މިމަހުގެ 15 ފަހުންވެސް އަންނަނިވި ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
- • ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
- • ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
- • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
- • ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
- • ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން
ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ދިން ހުއްޓާލާނީ މާލެ ސަރަހައްދުގައި އެކަންނެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 175،456 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 99،821 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 75،635 މީހަކަށް ވެކްސިން ދީފައިވެއެވެ.
ހިޔާލު
މާވަށު ޢަޒީބެ ނޫން ހުރިހާ މީހަކަށް ޖަހައި ދޭނެ.