ދެން ވެކްސިން ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހު: އެޗްޕީއޭ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ވެކްސިން ކެމްޕެއިންގެ ދަށުން ދެން ވެކްސިން ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ، މިއަދަށް ފަހުން ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މިއަދު މެދުކަނޑާލައިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މަގުބޫލު ސަބަބަކާއިހުރެ ފުރަތަމަ ޑޯޒް ނުޖެހުނު ޚާއްސަ ކެޓަގަރީގެ މީހުންނަށެވެ.

އެއީ، އުމުރުން ދުވަސްވީ މީހުން، ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން، މާލެ އިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިން ދިންމީހުންގެ އަދަދަކީ 212،711 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ