އަތޮޅުތެރެއިން ކޮވިޑް-19 ވެކްސިން ޖެހިމީހުންގެ އަދަދު 95،000 މައްޗަށް އަރައިފިއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ އަތޮޅުތެރޭ ރައްތަކުން މިއަދު 1،745 މީހުން ކޮވިޑް-19 ވެކްސިން ޖަހައިފައިވާ ކަމަށާއި މިއާއެކު ޖުމްލަ އަތޮޅުތެރޭ ރައްތަކުން ވެކްސިން ޖެހިމީހުންގެ އަދަދު 95،967 އަރައިފައިވާކަމަށެވެ.
ކޮވިޑް-19 ވެކްސިން ކެމްޕެއިން ރާއްޖޭގައި މިދިޔަމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާއިރު މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހިމީހުންގެ އަދަދަކީ 217،597 އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/zZ7b2ywz68
— Health Protection Agency (@HPA_MV) March 18, 2021
ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން މާލޭގައި މިދިޔަ ހޯމަ ދުވަހު މެދުކަނޑާލައިފައިވާއިރު ވެކްސިން ދޭންޖެހޭ ޚާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހުކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ޚާއްސަ ކެޓަގަރީގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން، ބޮޑެތި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުނެވެ. މީގެ އިތުރަށް ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނަށްވެސް މިމަހުގެ 20ގެ ފަހުން ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި، މާލެއިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންންވެސް ވެކްސިން ދޭގޮތަށް ވަނީ ނިންމާފައެވެ.
ހިޔާލު
މާލޭން ވެކްސިން ހުސްވެއްޖެ އަހަރެން އެޗް ޕީ އޭ އާއި ގުޅާގެން މިމަހުގެ 18 ވަނަދުވަހައް ރަޖިސްޓުރީ ކުރި 17
ވެކްސިން ނުޖެހުނު ވެކްސިން ޖަހަންދާން ހުރިހާ ކުދިން ތައްޔާރު ވެގެން އެޗް ޕީ އޭ އާގުޅުމުން ބުނީ ވެކްސިން މާލޭން ހުސްވެއްޖެކަމައް އަހަރެން ވެކްސިންޖަހަން ރަޖިސްޓުރީ ކުރީ ވެކްސިންޖެހުން ހުއްޓާލިޔަސް ޓުއަރިޒްދާއިރާގަ މަސައްކަތް ކުރާމީހުނައް ވެކްސިން ޖަހާދޭން
އެޗް ޕީއޭ އިން އޯކޭދީގެން 18 ވަނަ ދުވަހުގުޅުމުންވެސް ބުނީ އޯކޭ ހުޅުމާލޭ ފުލޫކުލިނިކައްދާށޭ އެއްމެފަހު 13:45މާލެ އައިސް ގައިގުޅުމުން ބުނީ ތިމީހުނައްހުރި 17 ވެކްސިން މިހާރު ހުސްވެއްޖެޔޭ އައްލާހުގަންދީހުވާކޮއްފަމިބުނީ މީހަމަ އެޗް ޕީ އޭ އިންބުނިގޮތް މިވަރުގެ ދަޑިގަމާރު އެޗް ޕީ އޭ ގާމިތިބެނި ހިސާބު އަކުރެއް ވެސްނޭގެނީ މީހުނައް ވެކްސިން ޖަހަން ދައުވަތުދޭއިރު