2 މީހަކު ޕޮޒިޓިވްވެ، ވޭމަންޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ތ. ވޭމަންޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގަައި ވޭމަންޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ އެރަށުން ޑޮކްޓަރަށް ދެއްކުމަށް މާލެ ފޮނުވާލި ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބުރައީސް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޭމަންޑޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ ޒުވާން ފިރެހެނަކާއި އުމުރުން ދުވަސްވީ އަންހެނެއް ކަމަށެވެ.

ވޭމަންޑޫއިން ޕޮޒިޓިވްވެފައި މިވަނީ، ދޮޅުމަސް ދުވަހަށްވުރެ ގިނަދުވަސް ވަންދެން ރަށުން ބޭރަށް ގޮސްފައިނުވާ ޒުވާނެއް ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ. އަދި އޭނާއަކީ ބައްޔަކަށް ބޭސްކުރަމުންދާ ޒުވާނެއް ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.

އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ޑޮކްޓަރަށް ދެއްކުމަށް އޭނާ މާލޭ އައިޖީއެމްއެޗްއަށް އިއްޔެ ފޮނުވާލުމާއެކު ހެދި ޓެސްޓުގެ ނަތީޖާއިން ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވޭމަންޑޫއިން ޑޮކްޓަރަށް ދެއްކުމަށް މާލެ ފޮނުވާލި އުމުރުން 65 އަހަރުގެ އަންހެނަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ، މިވަގުތު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރަމުންދާތީވެ، ރަށްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ