ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ ޝަރީއަތުގެ އަޑު އެހުމަކަށް ނޫން ކަމަށް އެކޯޓުން ވިދާޅުވެއްޖެއެވެ.
އެ އަޑުއެހުމަށް ވަނުމަށް ނޫސްވެރިން ނަން ނޯޓް ކުރަން ދިއުމުން ކްރިމިނަލް ކޯޓުން ވިދާޅުވެފައިވަނީ، ޔާމީން މިއަދު ކޯޓަށް ހާޒިރުވާން އެނގީ ޝަރީއަތުގެ އަޑުއެހުމަށް ނޫން ކަމަށާއި، އިދާރާ ބޭނުމަކަށް ކަމަށެވެ.
ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާދީ ބޭނުމަކަށް ކަމަށް ކޯޓުން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައިވާ ކޯޓުގެ ޝެޑިއުލްގައި ވާގޮތުން ޔާމީންގެ މައްސަލައިގެ ޝަރީޢަތް 11:30 ގައި އެބައޮތެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެވެ. މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.
ޔާމީންގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.