ޖިއްދާގެ ހަރަމައިން ރެއިލްވޭ ސްޓޭޝަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސައުދީއަރަބިއާގެ ޖިއްދާގެ ހަރަމައިން ރެއިލްވޭ ސްޓޭޝަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ހަރަމައިން ހައިސްޕީޑު ރެއިލްވޭ ސްޓޭޝަނަކީ މައްކާ އާއި މަދީނާ ދޭތެރޭ ދަތުރުކުރުމަށް ބޭނުންކުރާ ރެއިލްވޭ ސްޓޭޝަނެކެވެ.

އެސްޓޭޝަންގައި ހިނގި މިހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެސަރަޙައްދުން ގިނަ އަދަދެއްގެ ދުން އަރާތަށް ފެނެއެވެ. އަދި މަތީގައި ހެލިކޮޕްޓަރެއް ޙަރަކާތްތެރިވާތަންވެސް ފެނިގެންދާއިރު، ފަސް މީހަކު ހޮސްޕިޓަލަށް ގެންދެވުނުކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިމީހުން ހޮސްޕިޓަލަށް ގެންފިޔަ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން 16 ވަރަކަށް މެޑިކަލް ޓީމާއި، ގިނަ އަދަދެއްގެ އަލިފާން ނިއްވާމީހުން އެސަރަޙައްދުގައި މިހާރު ޙަރަކާތްތެރިވަމުންދާކަމަށް ސައުދީ ސިވިލް ޑިފެންސުންވަނީ ވިދާޅުވެފައެވެ.

7.3 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މިރެއިލްވޭގައި 450 ކިލޯމީޓަރު ހުންނައިރު، ސައުދީއަރާބިއާގެ އިތުރުން މުސްލިމުންގެ މުގައްދިސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާއާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ މިރެއިލްވޭ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. 

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ