ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ފިހާރައެއްގެ ސޭޓަކަށްހުރި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި 60 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ފިހާރައެއްގެ ސޭޓަކަށް އިންދާ އެ ފިހާރައަށް އައި މީހެއް އެ އަންހެން ކުއްޖާއާއިމެދު ޖިންސީގޯނާކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅިފައި ވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން މިއަދު 17:30 ކަންހާއިރު ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައި ވާކަމަށާއި މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް މިފަހުން ދެވިގެން ގޮސްފައިވަނީ ދެކުނުގެ ރަށެއްގައި ދެއަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާއި އަދި މުނިކާފަ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވެގެން ދިއުމާއި ގުޅިގެންނެވެ.

ދެއަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން ރާއްޖޭގެ ގިނަ ރައްތަކެއްގައި އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ހިނގާލުންތައްވެސް ބާއްވައިފައި ވެއެވެ.

މިފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރުވަނީ އިތުރުވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ