ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރަހައްދީ ވެރިންގެ ޓެލެކޮންފަރެންސްގައި -- ފޮޓޯ: ރައީސް އޮފީސް

ސާކް ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ދެނީ

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާވައިރަހާ ދެކޮޅަށް ސާކުގެ ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފެއްދި އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން 200،000 ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސް ނެންގެވުމަކަށް އުފައްދަން ސާކްގެއަށް ގައުމުގެ ވެރިން މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި ފަންޑަށް ސާކް ގައުމުތަކުގެ ލީޑަރުން އެއްބަސްވީ، މޯދީގެ ދައުވަތަކަށް ސާކުގެ ލީޑަރުންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިންނެވެ. މި ފަންޑަށް އިންޑިއާ އިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ސާކް ގައުމުތަކުގެ މެދުގައި އުފައްދަން މޯދީ ހުށަހެޅުއްވި ފަންޑަށް ރާއްޖޭން 200،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސަރަހައްދުގެ އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމަށް އެމަޖެންސީ ފަންޑެއް އުފެއްދުމުގެ އިތުރުން، މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ސާކް ގައުމުތަކުގެ މެދުގައި މެޑިކަލް ރެސްޕޮންސް ޓީމެއް ތަމްރީނު ކުރަން ޖެހޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ