ފިލްމް އިންޑަސްޓްރީގެ އެންމެ ކުޅަދާނަ ޑައިރެކްޓަރު، މުހައްމަދު ނިޔާޒު (ޓެޑްރީ) 19 އަހަރަށްފަހު 3 ވަނަ ފީޗަރ ފިލްމެއް ގެނެސްދޭނެ ކަން އިއުލާންކުރީ 2017 ވަނަ އަހަރުއެވެ. މި ފިލްމް އޭނާ އިއުލާންކުރީ، މުނިފޫހި ފިލިވުމުގެ ދާއިރާ އަށް ހިދުމަތް ކުރާތާ 30 އަހަރު ވުމާއި ގުޅިގެން، އޭނާ 1998 ގައި ޕްރޮޑިއުސްކުރި ކާމިޔާބު ފިލްމް "އަމާނާތް" އޮލިމްޕަހުގައި އެޅުވި ރޭގައެވެ.
އެހެންނަމަވެސް، މި ފިލްމްގެ މަސައްކަތުގެ ވާހަކަ ގިނަ ދުވަހެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު، ކުރީގެ މަޝްހޫރު އެކްޓަރު އަދި ގިނަ ބަޔެއްގެ މެދުގައި ލޯބި ހޯދައިފައިވާ ޝަހްސިއްޔަތެއްކަމުގައިވާ، އިބްރާހިމް ރަޝީދު(މަހްރަބް އިއްބެ) މިވަނީ، މި ފިލްމްގެ ސްކްރީން ޕްލޭ ކިޔައިފިންކަމަށާއި، އަދި ސްކްރީން ޕްލޭ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް، ފޭސްބުކް ގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
"ލަސްވިޔަސް" ގެ ސްކްރީން ޕްލޭގެ ކަވަރ ޕޭޖުގެ ފޮޓޯއަކާއެކު އިއްޔެގެ ވަގުތެއްގައި އިއްބެ ވަނީ މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އިއްބެ ބުނީ، ޓެޑްރީގެ "ލަސްވިޔަސް" ގެ ސްކްރީން ޕްލޭ އޭނައަށް ކިޔާލަން ލިބުމުން މިހުރީ ވަރަށް އުފަލުންކަމަށް ބުނެފައެވެ. އަދި މިއީ ވަރަށް ފެންވަރު މޮޅު ސްކްރީން ޕްލޭއެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
Tedry ( M. Niyaz ) ge 3 vana Feature Film “ Lasviyas “ ge Screenplay Kiyaalan libumun v ufaavejje. Mee Kiyavaadheyn...
Posted by Ibrahim Rasheed on Tuesday, May 12, 2020
"ބެސްޓް ސްކްރީން ޕްލޭއަކަށް މިި ސްކްރީން ޕްލޭ ނުހޮވިއްޖެނަމަ މި ދާއިރާގައި މި ހޭދަވި 28 އަހަރުގެ ބޭނުމެތް ނެތް. ކޮންމެ މަންޒަރެއްވެސް އޭ ޓު ޒެޑް އަށް ވަރަށް މިނެޓް ޑީޓެއިލް ތަކާއެކު ހިމެނޭ" "ލަސްވިޔަސް"ގެ ސްކްރީން ޕްލޭއަށް ތައުރީފްކޮށް އިއްބެގެ ލިޔެފައިވެއެވެ.
މީގެ އިތުރުން އިއްބެ ބުނީ، ސްކްރީން ޕްލޭ ކިޔާލުމުން މި ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަޤީންކަށް ލިބިއްޖެކަމަށާއި، ޑައިލޮގްތަކާއި ހާދިސާތަކުގައި ވަމުންދާ ގޮތްތަކަކީ، ނޭވާ ހިފަހައްޓާލުންތަކާއި، މަންޒަރުތައް ތަރުތީބުކޮށްފައިވާ ހުރި ފަންނުވެރިކަމަަށް އަޖައިބު މި ބަސް ފުދޭނެ ބާއޭ ހިތަށް އަރާކަމަށެވެ.
އިއްބެ ނިއްމާލަމުން ބުނެފައިވަނީ، ފިލްމް އޮލިމްޕަހަށް އައުން ލަސްވިކަމުގައިވިޔަސް، މި ފިލްމަށް ބެލުންތެރިން އިންތިޒާރުކޮލުމަށެވެ. އަދި ބަދަލު ވަމުންދާއި ހާލަތްތަކާއެކު އޮލިމްޕަސް ސްކްރީނުން މި ފިލްމް ފެނިގެންދާނެކަމަށެވެ. އަދި ޓެޑްރީ އަށް ތައުރީފުކޮށް، މިއަދުވެސް ހަމަ ޓެޑް ހުރީ އޭރުގެ ނުވަތަ ކުރީގެ ޓެޑްގެ ގޮތުގައި ކަމަށް އިއްބެ ބުންޏެވެ.
2017 ވަނަ އަހަރު "ލަސްވިޔަސް" އިއުލާންކުރިއިރު، މި ފިލްމްގެ ކުޑަ ޓީޒާ ކޮޅެއްވެސް ވަނީ ދައްކާލައިފައެވެ. އެގޮތުން މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދާނީ، ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު، ޒޯޔާ ހަސަން އެވެ. ”ލަސްވިޔަސް“ އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.
"ލަސްވިޔަސް" އަކީ ޓެޑްރީގެ ތިން ވަނަ ފީޗަރ ފިލްމެވެ. ޓެޑްރީގެ އެންމެ ފުރަމަ ޑައިރެކްޝަން އަކީ، 1994 ގައި ރިލީޒް ކުރެވުނު ފިލްމު ’ދެރިޔާ‘ އެވެ. މިފިލްމް ވަނީ، ބޮޑު ކާމިޔާބީއެއް ހޯދާ، އެންމް މޮޅު ފިލްމްގެ އެވޯޑުވެސް ހާސިލް ކޮށްފައެވެ.
ހިޔާލު
އިއްބެ ހައިރާން ނުވިނަމަ މައްސަލައަކައް ވާނީ… އިއްބެ އާއި ޓެޑަކީ ޢެކައްޗެއް ނުން ..އިއްބެ ތިފިލްމް ބަލާފިއްޔާ ވާނީ މަރު ދޯ.. ކުރިއައް ޢޮތް 5 އަހަރުވެސް ތިފިލްމެން ނުހެދޭނެ.. ސިކްރީން ޕްލޭ ކިޔާލާގެއް ފަރުޖައްސާލާ..