ލޮކްޑައުންއަކީ ނުބައި ސިޔާސަތެއް: އުމަރު ނަސީރު

ލޮކްޑައުންއަކީ ނުބައި ސިޔާސަތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރަ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ވިދާޅުވީ ލޮކްޑައުންއަކީ ނުބައި ސިޔާސަތެއް ކަމަށާއި އެހެން ގައުމުތައް އެދަނީ ހުޅުވާލަމުން ކަމަށެވެ. އުމަރު މިހެން ވިދާޅުވެފައިވަނީ ޓެލެގްރާފް ގައި ލިޔެފައިވާ ލިޔުމެއް ފޭސްބުކްގައި ހިއްސާ ކުރަމުންނެވެ.

އުމަރު ވިދާޅުވަނީ ލޮކްޑައުންގެ ސިޔާސަތަކީ ކޮވިޑް-19 އަށްވުރެ ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށެވެ. އަދި ލޮކްޑައުންއިން ގެއްލޭ ފުރާނަ، ކޮވިޑް-19 އިން ގެއްލޭ ފުރާނައަށްވުރެ އިތުރު ކަމަށެވެ. ދެމެހެއްޓެނެވި ސިޔާސަތަކަށް ވާނީ ވައިރަސް އާއިއެކު އުޅެން ދަސްކުރުން ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

ލޮކްޑައުންގެ ސަބަބުން ގެއްލޭ ފުރާނަ މާ ގިނަކަމަށް ޔުނިސެފްއިން ވިދާޅުވާ ކަމަށް ވިދާޅުވެ އުމަރު ވަނީ ޓެލެގްރާފް ގައިވާ ލިޔުމެއް ހިއްސާކޮށްފައެވެ.

ބައެއް ގައުމު ތަކުގައި މިހާރު ލޮކްޑައުންގެ ހާލަތުގައި އަމަލު ކުރަމުންދާ އުސޫލަށް ވަނީ ލުއިތަކެއް ދޭން ފަށައިފައެވެ. އެގޮތުން ފްރާންސް ގައި ވަނީ 8 ހަފްތާފަހުން ލޮކްޑައުންއަށް ލުއިތަކެއް ދީފައެވެ. މިގޮތުން ފުރާންސް ސަރުކާރުން މިހާރުވަނީ އެގައުމުގެ ވިޔަފާރިތަކާއި ސުކޫލުތަކާއި އަދި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. މީގެއިތުރުން ގެއިން ބޭރަށް ނިކުތުމަށް ހާއްސަ ހުއްދަ ހޯދަން އޮތްއޮތުންވެސް މިހާރުވަނީ އުވާލައިފައެވެ.

ޖަރުމަނުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދީފައި ވަނިކޮށް އެގައުމުގައި މިބަލި ފެތުރުމުގެ ބިރުވެރިކަން ބޮޑުވެފައިވާކަމަށްވެސް ހަބަރުތައްދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ލލ

    ކޮވިޑޭ ކޮލްގަޓޭ ކިޔައިގެން މީހުން އަޅުވެތިކުރުން ކުޅޭ ސިޔާސި ޑުރާމާއެއްމީ !

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ