މަޝްހޫރު ޑައިރެކްޓާރ ލީން ޝެލްޓަން މަރުވެއްޖެ

މަޝްހޫރު ޑައިރެކްޓަރ ލީން ޝެލްޓަން އުމުރުން 54 އަހަރުގައި މަރުވެއްޖެއެވެ.

ލިޓްލް ފަޔާރސް އެވްރީވެއާރ އަދި ހަމްޕްޑޭ ފަދަ ގިނަބައެއްގެ ތަރުހީބު ލިބިފައިވާ ޑްރާމާ ތަކެއް ޑައިރެކްޓްކޮށްފައިވާ ލީން ޝެލްޓަން މަރުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ޝެލްޓަންގެ ޕަބްލިސިސްޓް ބުނެފައިވާ ގޮތުން ޝެލްޓާން މަރުވެފައިވަނީ ގޮތް ނޭނގޭ ލޭގެ ބައްޔެއްގައި މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލަސް ގައެވެ. ޝެލްޓަން މަރުވިއިރު އޭނާގެ ދަރިއަކުވެސް އެބަހުއްޓެވެ.

ޝެލްޓަން އޭނާގެ ފިލްމްމޭކިން ކެރިއާރ ފަށާފައިވަނީ އުމުރުން ގާތްގަނޑަކަށް 30 ވަރަކަށް އަހަރުގައެވެ.

ޝެލްޓާންގެ ކާމިޔާބު ޓީވީ ޑްރާމާ ތަކުގެ ތެރޭގައި މޭޑް މެން، ފްރެޝް އޮފް ދަ ބޯޓް، ދަ މިންޑީ ޕްރޮޖެކްޓް އަދި ގްލޯވ ފާހަގަކޮށްލެވެއެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ