ރާއްޖޭގައި ކޮވިޑް-19ގެ އަސަރު ފޯރާފައިނުވާ އެތަކެއް ރަށެއް އެބައޮތް ކަމަށާއި، އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ކުރުމާއި ގުޅިގެން އޭނާ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އުމަރު ވިދާޅުވީ، ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މިސްކިތްތަކެއް ވަނީ ބަންދު ކޮއްފައި ކަމަށާއި، އެހެންނަމަވެސް އުމަރު ދެކޭ ގޮތުގައި ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ނުކުރާ ރާއްޖޭގެ އެތައް ރަށެއް އެބައޮތް ކަމަށާއި، އެރަށްރަށުގެ މިސްކިތްތަކުގައި އެކަކު އަނެއްކަކާއި ދެމެދު ވަކި ދުރުމިނެއް ބަހައްޓައިގެން ނަމާދު ކުރުމުގެ ފުރުސަތު އެރަށްރަށުގެ ރައްޔިތުންނަށް ލިބެންވާނެ ކަމަށެވެ.
އުމަރުގެ ޓްވީޓް ނިންމަވާލަމުން ވަނީ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއްނުކުރާ ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވުން އެދި ސަރުކާރަށް ގޮވާލަމުންނެވެ.
ކޮރޯނާ ވައިރަސް ގެ އަސަރެއް ނެތް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ގޮވާލުން.@UmarNaseerMV @MVIaffairs @ibusolih pic.twitter.com/5WB3ogzXC6
— Team Umar (@TeamUmarMv) May 17, 2020
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން 28 މޭ 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކޮއްފައެވެ.
މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި ތަރާވީހް ނަމާދު ކުރުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.
ރާއްޖެއެކޭ އެއްގޮތަށް ގިނަ އިސްލާމީ ގައުމުތަކުގައި މި ރޯދަ މަހުވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ މެދު ކަނޑާލައިފައެވެ. އެގޮތުން ސައުދީއަރަބިއްޔާ އާއި މިސްރު އަދި އިންޑޮނޭޝިއާ ފަދަ މުސްލިމް ބޮޑެތި އާބާދީތައް އޮންނަ ގައުމުތަކުގައިވެސް ޖަމާއަތުގައި ނަމާދު ކުރުންވަނީ މެދު ކަނޑާލައިފައެވެ.
ހިޔާލު
. Aaadhe. Sahkeh neiy gothugai balibahyah dhuraalaa rahkaatherive salaamathee fiyavalhu elhumakee hama kommehen kuran jeheynekameh. Ehenveemaa ekamahtakaa alhan jehey baeh fiyavalhuthakaai kuranjehey baeh inthizaamuthakaai kankan qaaimukukurumah fahugai rayyathunthah foarukohdheyn jehey asaasee kankan foaru kohdhinumakee sarukaaruge bolugai elhifaivaa budu zimmaaeh. Eiee bodu Vaajobeh. Veemaa Mrayyathunnah foaru kohdheyn jehey emme is kankamuge thereygai himeney ehkameh kamugai othee Miskiyhthah bandhukohfai hurumuge badhalugai A’aammukoh hulhuvaalumahfahugai ethanugai meesthakunnah namaadhi kireveyne inthizaameh qaaimi kohdhinun. Aadhe mi Bali neiykamah faahaga kohfaivaa rahrashugai midhennevi beedhaon v usooluthakeh kan’da alhaafai Namaadhukoh alhukankuramah Dhaulathuge kamaai gulhey faraaiy thakun izuna nudheykamah vangn’aa ein dheyhavanee Raajjeygai ulhey Laadheenee nufoozu foaruvaa meesmeehunge mushithereygai efaraaiy thibikan. Adhi Kamaaigulhey emmehaa faraaiythakuge nagoo midhennevi Laadheenee faraaiythakun ran’galhah fiyhthaalaafai thibikan.