އަގުހެޔޮ މަސްދަޅު ޖޫން މަހުގެ ނިޔަލަށް ލިބޭނެ - މިފްކޯ

މިފްކޯއިން މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ފެށި "ފަސްމީރު މިވަރެއްނެތް!" ޕްރޮމޯޝަން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މަސްދަޅު އަގުހެޔޮކޮށް ރޯދަމަހާއި ދިމާކޮށް މިފްކޯއިން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގައި ތެލުގައި ބަންދު ކޮށްފައިވާ ކަނޑުމަސް ދަޅާއި ފެނުގައި ބަންދު ކޮށްފައިވާ ކަނޑުމަސް ދަޅު ވަނީ އަގުހެޔޮކޮށްފައެވެ.

އެގޮތުން މިފްކޯއިން ވިދާޅުވެފައި ވަނީ މީގެ ކުރިން  ތެޔޮމަސް 48 ދަޅުގެ ކޭހެއް ވިއްކަނީ 680 ރުފިޔާއަށްކަމަށާއި ނަމަވެސް މި ޕްރޮމޯޝަންގައި 640 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ފެން މަސް 48 ދަޅުގެ ކޭހެއް ކުރިން ވިއްކަނީ 645 ރުފިޔާއަށް ކަމަށާއި ޕްރޮމޯޝަންގައި 595 ރުފިޔާއަސް ލިބޭނެކަމަށެވެ.

މިފްކޯއިން ވިދާޅުވެފައިވަނީ މި ވަގުތު މުޅި ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހިތްދަތިކަމާއި ގުޅިގެން އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ވަނީ ވަރަށް ބޮޑެތި ގޮންހެހުންތަކެއް ކުރިމަތިވެފައިކަމަށެވެ.

އެހެން ކަމުން މިކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް އެންމެންވެސް ކުރަމުންދާ ދަނޑިވަޅެއްގައި މިފްކޯއިން ކަސްޓަރަމުންނަށް ދޭ ޢީދު ހަދިޔާއެއްގެ ގޮތުންނާއި އަދި ފޯރުކޮށްދެވޭނެ އެހީތެރިކަމެއްގެ ގޮތުގައި ޕްރޮމޯޝަންގައި އިޢުލާނު ކުރެވުނު ހެޔޮ އަގުގައި ޖޫން މަހުގެ ނިޔަލަށް މަސްދަޅު ލިބޭނެ ކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ވިދާޅުވެފައިވަނީ މި ޕްރޮމޯޝަނަށް އާންމުންގެ ތަރުހީބު އެހެން އަހަރު ތަކެކޭވެސް އެއްފަދަ އިން މިއަހަރުވެސް ލިބުނު ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ