މަޖްލިސް ހުޅުވަން ހުއްދަ ދެއްވައިފިނަމަ މިސްކިތް ބަންދު ކުރަން އެންގެވުމުގެ އެއްވެސް ޖާގަ އެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މިސްކިތްތައް ބަނދުކޮށް ލޮކްޑައުންގައި ގައުމު އޮއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށަން މަޖިލީހުން އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެމަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ނިންމައިފައިވާ ނިންމުމާ ގުޅޭގޮތުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް އާއި ސުވާލު ކުރުމުން ވިދާޅުވީ، “އެންއީއޯސީއަކާ އެއްވެސްވަރަކަށް މިކަމުގަ މަޝްވަރާއެއް އަދި ހިނގާފަކާއެއް ނުވޭ، އަޅުގަނޑު ހިތުން އެކަން ކުރައްވާނީ އެބޭފުޅުން ހަމަ މިކަމުގަ ހުންނަ ގަވާއިދުތަކުގެ ތެރޭން އެކަމާ ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ފަހުގައި” ކަމަށެވެ.
އެއްވެސް ތަނަކަށް މީހުން އެއްވެ އުޅުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް މިހާރުވަނީ އެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ ފަށަފައެވެ.
މިކަމާއި ގުޅިގެން ގިނަ އާންމުންނާއި ސިޔާސީ ބެފުޅުން ދަނީ އެކި ގޮތް ގޮތައް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަހެއް ނޭޅޭނެކަމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޑރ. އިޔާޒް ވަނީ ބައެއްގެ ޕްރެޝަރއަށް އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވޭނަމަ މިސްކިތްތައް ހުޅުވުމަށް ރައްޔިތުންކުރާ ޕްރެޝަރ އަށް އިޖާބަ ދިނުމަށް އެޗްޕީއޭއަށް ގޮވާލައްވާފައެވެ. އެޗްޕީއޭއިން މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަދެއްވާފައިވަނީ ވަކި ޝަރުތުތަކާ އެކުގައެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެން ވާނީ ހަމަ ހަމަ ބަޔަކަށް ކަމަށާއި މަޖިލިސްގެ ރައީސްއަށްވީމަ ވަކިގޮތެއް މިކަމުގައި އޮވެގެން ނުވާނެކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.
2 Responses
Iyaaz visnava majileeha miskithuge jamaai hedhumaai Varah thafaathu..hiyeh nuvea iyaazah mikan neagigen bunaa vaahakaeh hen.siyasee vaahithun mahshooru vaan buni vaahakaeh thy…noony e nasheed dheke anna rulhiyakun dhekkea vaaha thy..
Ebayakah muhihmu thaneh hulhuvumah ebayaku push kuraakahala