ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ އޯޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މި އޯޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާނާއި ފޭސްބުކްއިން ބައްދަލުވެ ރަނގަޅު ދުޢާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކުރުމަށްފަހު ޕާޓީގެ އޮފީހަށް ގެންދިޔަކަމަށް ބުނެފައިވެއެވެ. ޕާޓީގެ އޮފީހަށް ގެންދިޔުމަށްފަހު އުރަމަތީގައި ހިފައި ތަދުކޮށް ދޮންދީފައިވާކަމަށާއި މިއީ ފުރަތަމަ މަރުހަލާ ކަމަށާއި ދެން އޮތް މަރުހަލާވެސް ކިޔައިދޭނެ ކަމަށް ބުނެފައިވެއެވެ.
Sheikh Imran aa medhu jinsee goanaage thuhumathu @MoGFSSmv @hrcmv @VaguthuOnline @DhiyaresNews @thevoice_mv pic.twitter.com/3VPe64Szv1
— Truth Maldives (@TruthMaldives) July 11, 2020
އަދި މިނިސްޓަރުގެ އަނބިކަނބަލުން އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޔުމްނާ އާއިވެސް ހިތާއެވީ މިތަނުންކަމަށާއި ކުލައަލި ކޮންމެ އަންހެނަކާ ހިތާވާނެ ކަމަށް ބުނެފައިވެއެވެ. އަދި ޔުމްނާ އަށް މި ވާހަކަ ތައް ކިޔައިދިނުމަށް ވީޑިއޯގައި ބުނެފައިވެއެވެ.
ދާދި ފަހުންވަނީ ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވެފައެވެ. އެގޮތޮން ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި ޖުމައްޔިލްއަަށް 2016 ވަނަ އަހަރު ތެރޭގައި އަމިއްލަ ދެބެއިންގެ ދެދަރި ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތަކާއި، އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލަ އަދި ފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހިމެނެއެވެ.