އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ. އަދި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަރ ލޓ. ކލ. އިސްމާއިލް ނަސީރުއެވެ.
Thanks to the Department of Defense of #Australia and the Australian Government, for the PPE gifted to our frontliners.
Australia continues to remain a close friend of the Maldives and an important development partner.@AusHCSriLanka @DeptDefence— Abdulla Shahid (@abdulla_shahid) August 2, 2020
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ އަސްކަރިއްޔާއިން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސަފީރު އުމަރު އަބްދުއްރައްޒާޤު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވަރއޯލް އާއި، 2 ލައްކަ އަންގިއެވެ. މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.
ޚަބަރު: މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް