ޅ. ނައިފަރުން ކޮވިޑް-19 އަށް މީހަކު ޕޮސިޓިވްވެއްޖެއެވެ. ޕޮސިޓިވް ވެފައިވަނީ، ބަންގްލަދޭޝް މީހެކެވެ.
ނައިފަރު ކައުންސިލުން މި ނޫހަށް މައުލޫމާތު ދިންގޮތުގައި، މި މީހާއަކީ، މާލެއިން އިން ރަށަށް އައިސް ދެ ދުވަހެއް ވީފަހުން ހުން އައިސް ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން ޓެސްޓް ހެދުމުން ބައްޔަށް ޕޮސިޓިވްވި މީހެކެވެ.
މި މީހާ ނައިފަރަށް އައި ބޯޓު މޭލެއިން ފުރާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.
މީގެ އިތުރުން، މި މީހާގެ ކިބައިން އަލާމާތްތައް ފެނުމުން ވަގުތުން ހޯމް ހައިސޮލޭޭޝަންއަށް ލީކަމަށް ކައުންސިލުން ބުންޏެވެ.
(ތަފްސީލު އަންނަނީ)