ރާއްޖޭގެ ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަން ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ކޮށްފިއެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

އެ ހޮސްޕިޓަލުން ބުނީ ލެޓާޖޭ އޮޕަރޭޝަން ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ހާއްސަ ޑރ އާޒިމް އަހުމަދު ކަމަށާއި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށެވެ.

ލެޓާޖެޓް އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެނެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ 30 ފަހަރަށް ވުރެ ގިނަ ފަހަރު ކޮނޑު ހުޅު ނެއްޓިފައިވާ އުމުރުން 70 އަހަރުގެ މީހަކަށެވެ.

ދެ ގަޑިއިރާއި ބައިގެ އޮޕަރޭޝަން، އެ ހޮސްޕިޓަލްގައި ކުރީ، ކުރިއާލާ ތާވަލުކޮށްގެން، އެކަމަށް އާއިލާގެ އިޒުނަ ވެސް ލިބުމުންނެވެެ.

ތިނަދޫ ހޮސްޕިޓަލްގައި މީގެ ކުރިން ވެސް ވަނީ ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފަ އެވެ. އޭގެ އިތުރުން މި ފަހުން ރަށްރަށުގެ ހޮސްޕިޓަލްތަކުން ވެސް އަންނަނީ މާލޭގައި އާންމުކޮށް ކުރާ ކަހަލަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ