މުޒާހަރާކުރަނީ ސިޔާސަތު ގޯސްވެ ޤަޢުމަށް ނުރައްކާވުމުން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ޤަޢުމެއް ކަމަށާއި ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެފައިވަނީ އަމިއްލަ މަންފާ ޤަޢުމީ މަޞްލަޙަތަށްވުރެ އިސްކުރާތީ ކަމަށެވެ.
އިއްޔެގެ ސައިކަލުބުރާއި ގުޅިގެން ޖަމީލު ވިދާޅުވީ ޒުވާނުންގެ ޞުލްޙަވެރި ހަރަކާތަށް ހުރަސްއެޅުމަކީ ރައީސް ޞޯލިޙު ހިންގެވި އަނިޔާވެރި، ދުސްތޫރާ ޚިލާފް ޢަމަލެއް ކަމަށެވެ. ހާލަތާ ނުބައްދަލު ބާރުބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު ޢަަމަލެއް ކަމަށާއި އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު ކަމަށާއި ޒުވާނުންގެ އަޑަކީ މުޅި ޤައުމުގެ އަޑު ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
މުޒާހަރާކުރަނީ ސިޔާސަތު ގޯސްވެ ޤަޢުމަށް ނުރައްކާވުމުން. މިއީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ޤަޢުމެއް. ސަރުކާރު ހަމަމަގަށް އަޅުވަން އިޙްތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު ބަދަލުވެފައިވަނީ އަމިއްލަ މަންފާ ޤަޢުމީ މަޞްލަޙަތަށްވުރެ އިސްކުރާތީ pic.twitter.com/jhgbwyb2ow
— Mohamed Jameel Ahmed (@MJameelAhmed) September 13, 2020
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ވެރިކަން ގެނައުމަށް ކުރި މަސައްކަތުގައިވެސް ބައިވެރިވެފައިވާ ޑރ. ޖަމީލު ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްއަކަށް ހުއްޓައި އިތުބާރުނެތް ކަމަށް ފާސްކޮށްވަނީ މަގާމުން ދުރުކޮށްފައެވެ. އެހާ ހިސާބުން ފެށިގެން ޑރ ޖަމީލު ވަނީ ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށްވެސް މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.