މަސްވެރިންނަށް ވިއްކާ ޑީސަލް މިފްކޯއިން އަގުހެޔޮ ކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް ޑީސަލް ވިއްކަމުންދާނީ 7.33 ރުފިޔާއަށް ލީޓަރެއް ކަމަށް މިފްކޯއިން ބުނެއެވެ.
މީގެ ކުރިން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 8.65 ރުފިޔާ އަށެވެ.
މިފްކޯއިން ވަނީ މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނަސްފައެވެ. މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށްކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އޮގަސްޓްމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މަސް ކިރުވާފައި ފައިސާ ނުދީ ހުރި ބިލުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއްވެސް ދީ ނިންމާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.