މިއަދު މަޖިލީގުގައި ފެނިގެންދިޔައީ ދިވެހިންގެ އަސްލު ސިފަ ކަމަށް ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމްގެ މަޖިލީހުގައި ހުންނަވަނިކޮށް ހާލުދެރަވި ވަގުތު މެމްބަރުން ދެއްވި އެހީތެރިކަމުގެ ސަބަބުންނެވެ.
ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގައި ހުންނަވަނިކޮށް ޝިޔާމް ބަލިވި ވަގުތު ފެނިގެންދިޔައީ ދިވެހިންގެ އަސްލު ސިފަ ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުމަކަށް ބެލުމެއްނެތި އެހީތެރިވެދެއްވިކަމަށެވެ.
ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށާއި އަދި ޝިޔާމް އަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރާ ކަމުގައި ޣައްސާން ވިދާޅުވިއެވެ.
PPM NR @Shiyamaldives ah avas shifa eh dhevvun edhi dhuakuran. Baleege haalath, majlis gai hunnavanikoh dhimaavi vaguthu fenigen dhiyaee dhivehinge aslu sifa. Siyaasee hiyaal thafaathuvumakah belumehnethi eheetherive dhevvithan. Akh vanthakan. Dhivessakah veethee fakhuruveri van!
— Mohamed Ghassan Maumoon (@mgmaumoon) October 27, 2020
އަހްމަދު ޝިޔާމް ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލަށް ގެންދެވި އަދި ޓެސްޓްތައް ހަދަމުންދާ ކަމަށް ޕީޕީއެމް އިން ވިދާޅުވިއެވެ.
މައުލުމާތު ލިބޭ ގޮތުގައި ޝިޔާމްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.



