ވިލިމާލެ ކުޑަކުދިން ހިޔާ - ފޮޓޯ: ސަން

ކުޑަކުދިންގެ ހިޔާ މޮނިޓަރިންގ އިން ނަގައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކޮވިޑް19އަށް ޕޮސިޓިވްވި ކުދިން ބަލިން މުޅިން ފަސޭހަވެ، އެތަން މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ.

ދަޢުލަތުގެ ބެލުމުދަށުގައި ވިލިމާލޭ ހިޔާގައި ބަލަހައްޓަމުން އައި 2 ކުއްޖަކު ބައްޔަށް ޕޮސިޓިވްވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި ދެ ކުދިން ބައްޔަށް ޕޮޒިޓިވްކަން އެނގިފައި ވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ބައްޔަށް ޓެސްޓުކުރުމުންނެވެ.

މި ކުދިން ބައްޔަށް ޕޮސިޓިވްވުމައި ގުޅިގެން ކުޑަދިންގެ ހިޔާ މޮނިޓަރިންއަށް ވަނީ ގެނެސްފައެވެ. އެޗްއީއޯސީން މަޢުލޫމާތުދޭ ގޮތުގައި ހިޔާގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުން ހިމެނޭހެން، 89 މީހަކު މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ތިއްބެވެ. މީގެތެރެއިން 4 ކުއްޖެއްގެ ގައިގައި ބަލީގެ އަލާމާތްތައްހުރެގެން ޓެސްޓު ހެދިއިރު އެ ކުދިންވަނީ ބައްޔަށް ނެގެޓިވްވެފައެވެ. އަދި ދެން ތިބި ހުރިހާ ކޮންޓެކްޓުންގެ ސާމަޕްލްވެސް ޓެސްޓުކުރި ކަމަށާއި، އެ އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވްވެފައި ކަމުގައި އެޗްއީއޯސީން ވިދާޅުވެފައެވެ.

14 ދުވަހުގެ ކަރަންޓީން މުއްދަތައްފަހު އެންމެން ބައްޔަށް ނެގެޓިވްވުމާއި ގުޅިގެން މިހާރު ވަނީ އެ ޙާލަތު އުވާލާ، ތަން އާއްމުޙާލަތަށް ގެނެވިފައިކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ