މިއަދު ވެކްސިން ދިން މީހުންގެ އަދަދު 5،000 މައްޗަށް

މިއަދު 5،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފިއެވެ.

ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ މިއަދު 5،166 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.\

އަލަށް މި ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 4،257 މީހުން އަދި އަތޮޅުތެރޭ ރައްތަކުން 909 މީހުންނެވެ.

މުޅި ޖުމްލަ މިހާތަނަށް 25،327 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު މީގެތެރެއިން 20،960 މީހުންނަށް ދީފައިވަނީ މާލޭ އޭރިއާގައެވެ. އަދި އަތޮޅުތެރޭ ރައްތަކުން މި ވެކްސިން ދީފައިވަނީ 4،367 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ