ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްގެ ފަރާތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ ތަކުގެ އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ފަރާތުގެ ކެނޑިޑެސީ ބާޠިލް ކޮށްފިއެވެ.
ކެނޑިޑެސީ ބާޠިލް ކޮށްފައި ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ފަރަތުން ކުރިމަތިލީ ކެންޑިޑޭޓް ތ. ކަނޑޫދޫ / އުސްގެ، ޙަސަން މޫސާގެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޙަސަން މޫސާގެ ކެނޑިޑެސީ ބާޠިލް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު އޭނާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ކުރުމާއި ގުޅިގެންނެވެ.
އެގޮތުން އީސީން ވިދާޅުވީ ސްޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/02 ޤަޟިއްޔާއިން 30 މާރިޗު 2021 ގައި ޙަސަން މޫސާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމުމާއި ގުޅިގެން އޭނާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ބާޠިލު ކޮށްފައިވާކަމަށެވެ.
ޙަސަން މޫސަގެ ކެނޑިޑެސީ ބާޠިލް ކުރުމާއި ގުޅިގެން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ ވަނީ އެ ކައުންސިލްގެ ރައީސްކަމަށ އިންތިޚާބުވެފައެވެ.



