ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބުވެއްޖެ

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ އެ މަޤާމަށް އިންތިޚާބުވެއްޖެއެވެ.

އަޙްމަދު ރީޙާން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެފައި މިވަނީ އެމަޤާމަށް ދެން ވާދަ ކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން ކަނޑޫދޫ ކައުންސްގެ ރައީސްކަމަށް ރީޙާންއާއި ވާދަކުރައްވާނެ އިތުރު ފަރާތެއް ނެތުމާއި ގުޅިގެން އޭނާ އެމަޤާމަށް އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓު، ޙަސަން މޫސާ، އުސްގެ / ތ. ކަނޑޫދޫ، އަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއްނޫންކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

އެހެން ކަމުން އީސީން ވިދާޅުވީ 30 މާރިޗު 2021 ގައި ސްޕްރީމް ކޯޓުން ޙަސަން މޫސަގެ ޝަރުތު ހަމަ ނުވާކަމަށް ޙުކުމްކުރުމާއި ގުޅިގެން އޭނާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ބާޠިލު ކޮށްފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓް ލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އޭޕްރީލް މަހުގެ10 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ