ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެ މުނާސަބަތެއްގައި ދޭ ގޮތަށް ހަމަޖައްސައިފި

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ވަރަށްގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާތީ، ދެ މުނާސަބަތެއްގައި މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 270 ބޭފުޅަކު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އަދި ޤައުމީ އިނާމަށް މިއަހަރު 72 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އިނާމު ދެ މުނާސަބަތެއްގައި ދިނުމަށް ރައީސް ނިންމެވީ ޤައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ޤައުމީ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

އެގޮތުން ކޮމިޓީގެ ޚިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ