އަލިފާން ރޯވެފައިވާ ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ޗަސްބިމުގައި ރޯވެ އަނދަނީ

ފުވައްމުލަކު ސިޓީގެ ހޯދަނޑު އަވަށުގެ ޗަސް ބިމުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ މަގުގެ އަރިމަތީގައި ހުރި ފަތްކެޔޮ ގަސްތަކުގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 18:50 ގައި އެމްއެންޑީއެފްއަށް ލިބުމާއެކު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ދިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި އަލިފާންގަނޑު މިރޭ 19:06 ގައި ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކުގެ ހިތްގައިމު ޗަސް ބިންތަކުގައި މީގެ ކުރިންވެސް އަލިފާނުގެ ހާދިސާތައް ހިނގައި ގެއްލުންތައް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް