އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން-- ފޮޓޯ: އެމްއެމްޕީއާރުސީ

ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މަތީގައި!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް ދުވަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،905 ޓުއުރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި އަދަދާއެކު މި މަހުގެ ފުރަތަަމަ ފަސް ދުވަހު ރާއްޖެއައި ޓުއުރިސްޓުންގެ ޖުމްލަ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

މިމަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް 24،527 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 15،680 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔައަހަރާއި އަޅާބަލާއިރު މިހާރު ރާއްޖޭގެ ފަތުރުވެރިންކަން ވަނީ ވަރަށް ބޮޑަށްވެސް ކުރިއަރާފައެވެ. އެހެންކަމުން މިދިޔައަހަރާއި އަޅާބަލާއިރު މިހާރު ރާއްޖޭގެ ފަތުރުވެރިންކަން ވަރަށް ބޮޑަށް އަންނަނީ ރަނގަޅުވަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން މަޑު ކުރާ މުއްދަތު ވެސް މިއަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެވްރެޖް ސްޓޭގެ އަދަދު 8.7 ދުވަހުގައި ހުރި ނަމަވެސް މިއަދު މިހާރު ވަނީ 9 އަކަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވާއިރު، ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓުއުރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރަކީ ތަފާތު ގިނަ ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ އެނދުގެ އަދަދު 9.4 އިންސައްތައިން އިތުރުވެފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ ރިކޯޑު އަދަދަކަށް މަތިވެފައެވެ. އަދި ވިދިވިދިގެން ދެއަހަރު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ޙާސިލުކޮށް ރާއްޖެ ވަނީ ދުނިޔޭގައި ނަމޫނާ މަންޒިލެއްގެ ގޮތުގައި ވިދާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް