މާލޭ، ހެންވޭރުގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އެސަރަހައްދުގައި ހުރި މިނޫހުގެ ރިޕޯޓަރަ ބުނީ، އަލިފާން ރޯވެފައިވަނީ ހެންވޭރު ރޯޝަނީ ބިލްޑިންގ ކުރިމަށްޗަށް ވާގޮތަށް އޮންނަ ގޯޅިގަނޑުގައި ހުރި ގެއެއްގައި ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ހ.ޓެންސްޓަރ ނަމަކަށް ކިޔާ ގޭގައި ކަމަށާއި، އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 11:11 ހާއިރު، އަލިފާން ނިއްވުމުގައި ފަޔަރ ޓީމް ދަނީ ހަރަކާތްތެރިވަމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި އަލިފާން އަދި ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، ކޮންޓްރޯލް ކުރުމަށްޓަކައި ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
Breaking: Sikka goalheegai huri H.Ten star geygai alifaan roave andhamun dhanee #HappeningNow
Posted by Abdullah Wafir on Friday, August 2, 2019
އަލިފާން ރޯވެފައިވަނީ އެގޭގެ ޓެރަސްގައި ހުރި ކުޑަ ގެއެއްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަދާހަމަ: ހ.ޓެންސްޓަރ ގައި ރޯވި އަލިފާން، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. 11:11 ގައި ލިބުނު މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނުއިރު، އަލިފާންގަނޑު ނިއްވާލެވިފައިވަނީ 11:35 ގައެވެ.