އަލިފާނުގެ ހާދިސާ ހިނގި ލޯންޗު - ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައިއޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހދ. ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 10:20 ހާއިރު ލިބުމާއި އެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ މި ލޯންޗުގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ލޯންޗުގައި ވެލްޑިންގ މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގައި އަލިފާން ރޯވެގެން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ