ގދ.ގައްދޫގައި ހުންނަ އަތޮޅު މަދަރުސާ ކައިރީ ދަނޑިފަހުން ހަދާފައި ހުރި ގެތަކެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، ގދ.އަތޮޅު މަދަރުސާ ކުރިމަތީގައި ދަނޑިފަނުން ހަދާފައިހުރި ގެތަކެއްގައި އަލިފާން ރޯކޮށްލާފައިވާކަމަށް ބުނެ ރޭ މެންދަމު 03:08 ގައި ފުލުހުންނަށް މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުން އެސަރަހައްދަށް ގޮސް އާއްމުންގެ އެހީތެރިކަމާއެކު ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައިއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވީ ނަމަވެސް ރޯވެފައިވާ ގެތަކުގެ ތެރެއިން އެއް ގެ ފިޔަވައި އެހެން ހުރިހާ ގެއެއް އަނދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ގެތަކުގައި އަލިފާން ރޯކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށެވެ.