ހާލު ބައްލަވާލަން ނައިބު ރައީސް ޖެޓީގައި - ފޮޓޯ: ރައީސް އޮފީސް

"ރަވާނާ" އިން ދަތުރުކުރި ފަރާތްތަކުގެ ހާލު ބައްލަވާލައްވަން ނައިބު ރައީސް ޖެޓީއަށް

އަލިފާން ރޯވެ އެކަކު މަރުވި ދޯނީގައި ދަތުރުކުރި މީހުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި، ހާލު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި "ރަވާނާ" ބޯޓު ރޭ ފަތިހު ރޯވެ އަނދައިގެންދިޔުމާ ގުޅިގެން، ބޯޓުގައި ދަތުރުކުރި މީހުން ކޯސްޓް ގާޑުގައި މާލެ ގެނައި ތަނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަޑައިގެން އެމީހުންގެ ހާލު ބައްލަވާލައްވާފައިވެއެވެ.

އެ ބޯޓުން ދަތުރުކުރި މީހުން ކޯސްޓްގާޑްގައި މާލެ ގެނެސްފައިވަނީ މިއަދު ހަވީރެވެ. ހަތަރު ނަންބަރު ޖެޓީއަށް އެމީހުން ފޭބިއިރު ނައިބު ރައީސް އެތަނަށް ވަޑައިގެން ހުންނެވިއެވެ.

16 މީހުންނާއެކު ދަތުރުކުރި ފުވައްމުލަކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓު "ރަވާނާ" ގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:45 ހާއިރު ފ.ފިލިތެޔޮ ރިސޯޓް ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި އެކަކު ނިޔާވެފައިވާއިރު، ބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ދަތުރުކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ނިޔާވިއިރު، ހުޅުމާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ގަލަކުންޖެހި ރޭ މީހަކު މަރުވެފައިވެއެވެ. މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ގއ.ވިލިނގިލީގައި ގޮތް ނޭނގޭ ގޮތަކަށް މީހަކު މަރާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ