ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގެ ދުވަސްވީ މަޝްހޫރު ޗޯކް ބާޒަަރު ސަރަހައްދުގައެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ އިމާރާތްތައް ކައިރި ކައިރީގައި ހުންނަ ތޮއްޖެހިފައިވާ ސަރަހައްދެކެވެ.

އަލިފާނުގެ ހަދިސާ ހިނގަން މެދުވެރިވީ އެސަރަހައްދުގައި ހުރި އިމާރާތެއްގެ ގުރައުންޑް ފުލޯރގައި ރައްކާ ކޮށްފައިހުރި ކެމިކަލް ތަކެއްގައި ރޯވެގެންނެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ބަނގްލަދޭޝް ގަޑިން 11:40 ގައެވެ.

މަންޒަރު ދުއް ފަރާތްތަކުން ބުނެފައިވަނީ، ބާރު އަޑަކާއި އެކު ކެމިކަލް ގުދަނުގައި ރޯވި ކަމަށާއި އަދި ކައިރީގައި ހުރި އިތުރު ތިން އިމާރާތުގައި އިސާހިތަކު އަލިފާން ހިފާފައި ވާކަމަށެވެ.

އަލިފާން ގަނޑު ނިއްވާލަން އުނދަގޫވެގެން ދިއައީ އެސަރަހައްދުގެ މަގުތަކުގެ ހަނި ކަމުންނާއި އަދި ފެން އެހިސާބައް ފޯރުކުރަން ދިމާވި ދަތިތަކާއި ހުރެ ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި ހަވާލާފީ ބީބީސީގައި ބުނެފައި ވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެސަރަހައްދުގައި ހުންނަ ރެސްޓޯރެންޓެއްގައި ތިބި ބަޔަކާއި، ކައިވެނި ޕާޓީއަކަށް ތައްޔާރުވަމުން ދިޔަ ބައެއްވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް