ސްކޫލާއި ހޮސްޕިޓަލުތަކުގައި ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތެއް ނޫން - ހޯމް މިނިސްޓަރ

ސްކޫލްތަކާއި ހޮސްޕިޓަލުތަކުގައި ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ތަންތަނަށް ގަދަ ބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށެވެ.

"ސްކޫލް އަދި ހޮސްޕިޓަލްގަދަ ޚިދުމަތްދޭ ތަންތަނަށް ގަދަބާރުން ވަދެ، ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުމެއްނޫން." ހޯމް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަން ދެއްވާނެ ތަންތަން ކަމަށެވެ. އަދި މީގެ އިތުރުން އަމަލުކުރަން އޮންނަ އުޞޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތަކާއި ހޮސްޕިޓަލުތަކުގައި ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއިރު، ކުރީގެ ރައީސް ޔާމީން އިއްޔެ އައިޖީއެމް ހޮސްޕިޓަލަށް ގެންނެވި ވަގުތު ގިނަ އަދަދެއްގެ ޔާމީންގެ ސަޕޯޓަރުން އެ ހޮސްޕިޓަލަށް ވަންނަ މަސައްކަތް ކުރުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހައި މީހުންތައް ހޮސްޕިޓަލުން ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް