މާލޭގެ އިމާރާތަކުން ދުންއަރާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ ޓީމް ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މާލޭ މަޖީދީމަގުގައި ހުންނަ "ފަސޭހަ ޕޮއިންޓް" ކައިރީ ހުރި އިމާރާތަކުން ދުންއަރާތީ، އެކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ފަޔަރ ޓީމް ގޮސް ބެލިއިރު ފުރާޅުމަތީ އޮތް ތުވާއްޔެއްގައި ރޯވެ ނިވިފައި ވަނީ" އެމްއެންޑީއެފް އިން ވިދާޅުވިއެވެ،
މާލޭގެ އިމާރާތަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވިއިރު، މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު ނިޔާވެފައިވެސްވެއެވެ.