އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ޝައުނާ

ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި، ތ.ބުރުނީ, ފެންފިޔާޒުގޭ އައިޝަތު ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޝައުނާއަކީ އަލިފާނުގެ ހާދިސާގައި އަނދާ ހުލުވި އެއް ގެ ކަމަށްވާ ހ. ރަދުވާނިޔާ އިން ގެއްލިގެން ހޯދި އަންހެން މީހާއެވެ. ދެފަހަރަކު ޝައުނާއަށް ފޯނުން ގުޅުނުއިރުވެސް ޝައުނާ ހުރިކަމަށް ބުނެފައިވަނީ އިމާރާތުގެ ތެރޭގައި ކަމަށެވެ. އެއަށްފަހު ޝައުނާގެ ޚަބަރެއް ނުވެއެވެ.

އެތައް ފަހަރަކު ސަލާމަތީ ބާރުތަކުން އެ އިމާރާތައް ވަދެ ބަލާ ފާސްކުރިއިރުވެސް ޝައުނާ ފެނިފައި ނުވި ނަމަވެސް، އެތައް އިރެއް ފަހުން މަރުވެފައިވާ މީހެއްގެ ހަށީގަނޑު އެ އިމާރާތުގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ފިހިގެން ނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ ޝައުނާކަން ފުލުހުން ކަށަވަރުކޮށްދިނީ ރޭ މެންދަމުން އަލިވެ 03:23 ގައެވެ.

ޝައުނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށް ނަމަވެސް މައްޔިތާއަށް ޒިޔާރަތްކުރުން މިއަދު ހެނދުނު 10:30 އިންފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ