2019 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތްތަކުގައި އަދިވެސް ހޫނުކަން އެބަހުރި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ އިމާރާތްތަކުން ދުން އަރަމުންދަނީ ހޫނުގެ ސަބަބުން ކަމަށާއި، އެ ސަރަހައްދު މޮނިޓަރ ކުރުމުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން މިހެން ވިދާޅުވިއިރު، ރޭ ވަނީ އެތަނުން އިމާރާތެއްގައި އަލިފާންވެސް ރޯވެފައެވެ. ނަމަވެސް މާ ގިނަ އިރެއް ނުވަނީސް ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. މިއަދު ހެނދުނު ވެސް ސިފައިން ވަނީ އެ އިމާރާތްތަކުން ދުންއަރާތީ ފެންޖަހާފައެވެ.
"ފަޔަރ ޓީމު 24 ގަޑިއިރު މޮނިޓަރ ކުރާނެ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހ.ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ފެތުރި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 4 ކމިކަލް ގުދަނާއި، 6 ގެއެއްގައި ރޯވެފައިވެއެވެ. 4 ގަޑިއިރު ފަހުން ކޮންޓްރޯލް ކުރެވުނު މި ބޮޑު އަލިފާނުގެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގެ ބަބުން 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.
								
											


														
														
														
														
														
														