އިތުރު ގެއެއް އަރިއަޅާލައިފި، ސިފައިން އެގެ ތަޅާލަނީ

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެއެއް ރޭގެ ވަގުތެއްގައި އަރިއަޅާލުމާއި ގުޅިގެން އެގެ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ އަރިއަޅާލާފައިވަނީ އަލިފާން ރޯވި ގެތަކުގެ ތެރެއިން، ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ "ހ. ކީވް" އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ، އަރިއަޅާލި ބިލްޑިންގ ތަޅާލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަރިއަޅާލި ގެ ހުރީ ޖެހިގެން ހުރި އިމާރާތެއްގައި ވިދިފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަރިއަޅާލި އިމާރާތް ހަތަރު ހުރިއަށް ހަދާފައިވަނީ ދަގަނޑު ހޮޅިން ކަމަށާއި، އިމާރާތުގައި ދެން ބޭނުންކޮށްފައިވަނީ ޓިނު ކަމަށެވެ.

ހިތާމަވެރި މި އަލިފާނުގެ ހާދިސާގައި 24 އިމާރާތަކަށް އެކިވަރުގެ ގެއްލުންވިއިރު ހަ ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާފައެވެ.

އަލިފާނުގެ ހާދިސާއަށްފަހު ބޮޑު ސަރަހައްދެއް ހުސްކޮށްފައި އޮތުމަށްފަހު ރޭގެ ވަގުތެއްގައި ބައެއ ސަރަހައްދުތަކަށް މީދުން ވަދެ އުޅުމުގެ ހުއްދަ ފުލުހުން ވަނީ ދީފައެވެ.

ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ފެތުރި އެތައް ގެއަކަށް އަލިފާން ފެތުރި ހިނގި މި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙަސަން

    ލިޔުމުގެ ބަސްތައް ހަމަޖެއަސުން ވަރަށް މުހިއަމު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ