މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މ. ސްލީޓްވިލާގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރާތީ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ lލަފާކުރެވޭގޮތުގައި ކަރަންޓު ސޯޓެއް ވެގެން ކަމަށާއި، އެކަމާ ގުޅިގެން ސްޓެލްކޯއިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަން އެމްއެންޑީއެފް އިން ކަށަވަރުކޮދޭއިރު، އެ ގެ ސަރަހައްދުގައި ގިނަ އަދަދަކަށް ދުން ފެތުރިފައިވެއެވެ.
								
											

