ފަޔާ އެލާމް އަޅާތީ ގާކޮށި ފްލެޓްތަކުން މީހުން ހުސްކޮށްފިއެވެ.
އެ ފްލެޓްތަކުން ފަޔަރ އެލާމް އަޅަން ފަށާފައިވަނީ މީގެ ބައިގަޑިއިރެއްހާއިރު ކުރިން، މިއަދު މެންދުރު ފަހު 13:30 އެހާކަންހާއިރުއެވެ. އެލާމް އަޅަން ފެށުމާއި ގުޅިގެން އެ ފްލެޓްތަކުގައި ދިރިއުޅޭ އެންމެން ވަނީ ބޭރަށް ނިކުމެފައެވެ.
އެފުލެޓްތަކުގައި ހުރި ހުރިހާ އެލާމެއްވެސް އަޅާފައިވާ ކަމަށާއި، ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ވަންދެއް އެލާމް އަޅާފައިވާކަމަށް އެ ފްލެޓްގައި ހުރި މީހަކާ ހަވާލާދީ ވަގުތު ނޫހުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފް އިން ވިދަޅުވީ ފަޔާއެލާމް އަޅާތީ، ފަޔަރ ޓީމް އެސަރަހައްދަށް ގޮސްފައިވާކަމަށާއި، ނަމަވެސް އެ ސަރަހައްދުން ތުމުގެ އަސަރެއް އަދި އަލިފާނުގެ ނިޝާނެއްވެސް ފެންނަންނެއްކަމަށެވެ. އެލާމްއަޅާން ދިމާވި ވަކި ސަބަބެއް އަދި ނޭންގޭ ކަމަށާއި، ފަޔާރ ޓީމުން މިހާރު ދަނީ އިތުރަށް ބަލަމުން ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
								
											

