މާލެ ފަޔަރ ރިލީފް އެކައުންޓަށް 1.4 މިލިއަން ރުފިޔާ ލިބިއްޖެ: ޑިޒާސްޓަރ

20 ސެޕްޓެމްބަރު 2019 ގައި މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވި މާލެ ފަޔަރ ރިލީފް އެކައުންޓަށް 1.4 މިލިއަން ރުފިޔާ މިހާތަނަށް ލިބިއްޖެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ވިދާޅުވި ގޮތުގައި މިހާތަނަށް މިއަަދު (2 އޮކްޓޯބަރ) ގެ 4 ޖެހުމާއި ހަމައަށް 20 ސެޕްޓެމްބަރ މާލެ ފަޔަރ ރިލީފް އެކައުންޓަށް 1،446،752.37ރ ވަނީ ޖަމާވެފައެވެ.

އަދި މިހިތާމަވެރި ޙާދިސާއާއި ގުޅިގެން އެއޮތޯރިޓީގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔާތަކުގައި 29 ޢާއިލާއެއް ބަލަމުންގެންދާއިރު، 164 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެއޮތޯރިޓީންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެއޮތޯރިޓީން ވިދާޅުވީ، މިހާދިސާއާއި ގުޅިގެން އާންމު ރައްކާތެރިކަމަށް 9 ޢިމާރާތެއް ތަޅާލެވިފައިވާއިރު، 6 ޢިމާރާތަކަށް ދިރިނޫޅެވޭ ވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި 5 ޢިމާރާތެއްގެ އިތުރު މަރާމާތްތައް ކުރަން ޖެހިފައިވާއިރު، 11 ވަގުތީ ގޮތުން މީހުން ބަދަލުކުރެވުނު 11 ޢިމާރާތެއްގައި މިހާރު ދިރިއުޅެވޭނެކަމަށް ކަނޑައެޅިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ