ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނު ލިމިޓެޑްގެ ނަމުގައި އާ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.
ސަތޭކަ ޕަސެންޓް ސަރުކާރުގެ ޙިއްސާއާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އުފެއްދެވި މިކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.



