މާލޭ ގެއެއްގައި ބަނގުރާ ކައްކަން ތިއްބާ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ. ފަސްތަރި ނަމަކަށް ކިޔާ ގެއެއްގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވެފައިވަނީ އުނދުނެއްގައި ކަމަށާއި، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން އުނގުދުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާ ކަމަށާއި، އެކަން ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ބަނގުރާ ކައްކަން ބޭނުންކުރި އުނދުނެއްގައެވެ. އަދި ސަލާމަތީ ބާރުތަކުން ދިޔައިރު ބަނގުރާ ކައްކަން ތިބި މީހުން ފިލާފައިވާކަމަށްވެސް މަންޒަރުދުށް ބައެއް ފަރާތްތަކުން ވަނީ މިނޫހަށް މަޢުލޫމާތު ދެއްވާފައެވެ.
ފުލުހުން ފަހުން ވިދާޅުވީ، އަލިފާން ރޯވީ ބިދޭސީން ދިރިއުޅޭ ގެއެއްގައި ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގީ ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބެލި ބެލުމުން އެެނގިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:37 ހާއިރު ކަމަށެވެ.
"އަލިފާނުގެ ހާދިސާއާއި ގުޅުންހުރި ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
								
											


														
														
														
														
														
														
								
ހިޔާލު
Allah Akbar