އަލިފާން ރޯވި އޮސްޓްރޭލިއާގެ ސަފާރީ އަޑިއަށް ހިނގައެއްޖެއެވެ.
މިސަފާރީ އަޑިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 9:32 ހާއިރުއެވެ.
ކ. ތުލުސްދޫ ކައިރީ އޮންނަ ކުޑަ ކުޑަ ވިލިގިނލި ފަޅުތެރޭ އޮތް އޮސްޓްރޭލިއާގެ “ވެރިޓާ” ނަމަކަށްކިޔާ މިޔޮތުގައި އަލިފާން ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ކ. ތުލުސްދޫ ކައިރީ އޮންނަ ކުޑަ ކުޑަ ވިލިގިނލި ފަޅުތެރޭ އޮތް ބޭރުގެ ޔޮޓެއްގައި އަލިފާ ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 05:42 ހާއިިރުކަމަށެވެ.

ޔޮޓުގައި އަލިފާން ރޯވިއިރު، އޭގައި 3 ފިރިހެނަކު ހުއްޓެވެ. އަދި އެއިގެން އެއްވެސް މީހަކަށް ސީރިއަށް އަނިޔާއެއް ލިބިފައިނެވެއެވެ. މި 3 މީހުންވެސްވަނީ އެސަރަޙައްދުގައި އޮތް އެހެން ސަފާރީއަކަށް ނަގާފައިވާއިރު، މިތިން މީހުންވެސް ފަރުވާއަށް ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންދެވިފައިވެއެވެ.
								
											


														
														
														
														
														
														