ފުވައްމުލަކު ސިޓީގެ ކުނިކޮށީގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ. ފުވައްމުލަކު ކުނިކޮށީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަރން އޭރިއާގެ ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 09:48 ހާއިރު ކަމަށެވެ.

ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުވައްމުލަކު ކުނިކޮށީގައި ގިނަ އަދަދެއްގެ ކުނި ފުންޏަކަށް ޖަހާފައި ހުރިއިރު، ކުނިތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެއެވެ.
ފުވައްމުލަކު ކުނި ކޮށީގައި އަލިފާން ރޯވިއިރު، ބ. ކުންފުނަދޫގައި ހިންގާ ސޮނޭވާފުށި ރިސޯޓުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރާ އީކޯ ސެންޓްރޯގައިވެސް އިއްޔެ ވަނީ އަލިފާން ރޯވެފައެވެ. އަދި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އައްޑޫ މަސްފެކްޓަރީގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.